Skip to content

Latest commit

 

History

History
40 lines (40 loc) · 4.5 KB

decade.md

File metadata and controls

40 lines (40 loc) · 4.5 KB
  1. ދިރިއުޅެން ބާކީ 6 މަސް ދުވަސް އޮތްނަމަ ކުރާނީ ކޮންކަމެއް ހެއްޔެވެ؟
  2. ބިލިއަން ޑޮލަރު ހުރިނަމަ ކުރާނީ ކޮންކަމެއް ހެއްޔެވެ؟
  3. މީގެ 10 އަހަރު ކުރީގެ ނަފްސަށް ދޭނީ ކޮން ނަސޭހަތެއް ހެއްޔެވެ؟
  4. މީގެ 10 އަހަރު ފަހުން ހަމަ އެއްގޮތެއްގައި ހުންނާނެ ކަމަށް އުންމީދު ކުރައްވަނީ ކޮން ކަމެއް ހެއްޔެވެ؟
  5. މީގެ 10 އަހަރު ފަހުން ތަފާތުވާނެ ކަމަށް އުންމީދު ކުރަނީ ކޮން ކަމެއް ހެއްޔެވެ؟
  6. ފުރިހަމަ އުފާވެރިކަމާ ބެހޭގޮތުން ތިބާގެ ޚިޔާލަކީ ކޮބައިތޯއެވެ؟
  7. އެންމެ އުފާވީ ކޮން އިރަކު ކޮންތަނެއްގައި ހެއްޔެވެ؟
  8. ހެނދުނު އެނދުން ތެދުވަނީ ކީއްވެގެން ހެއްޔެވެ؟
  9. ނިކަމެތިކަމުގެ އެންމެ ދަށް އަޑި ކަމަށް ތިބާ ދެކެނީ ކޮން އެއްޗެއް ހެއްޔެވެ؟
  10. ތިބާގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ކޮބައިތޯއެވެ؟
  11. ތިބާގެ އެންމެ ބޮޑު ބިރަކީ ކޮބައިތޯއެވެ؟
  12. ތިމާގެ އަމިއްލަ ނަފްސުގައި އެންމެ ބޮޑަށް ހިތާމަކުރާ ސިފައަކީ ކޮބައިތޯއެވެ؟
  13. އެހެން މީހުންގެ ކިބައިން އެންމެ ހިތާމަކުރާ ސިފައަކީ ކޮބައިތޯއެވެ؟
  14. ތިބާ ދޮގުހަދަނީ ކޮން މުނާސަބަތެއްގައި ހެއްޔެވެ؟
  15. ތިބާގެ އެންމެ ބޮޑު އިސްރާފު ކުރުމަކީ ކޮބައިތޯއެވެ؟
  16. އެންމެ އޯވަރރޭޓް ކުރެވޭ ހެޔޮ ސިފައަކީ ކޮބައިތޯ ތިބާ ދެކެވަޑައިގަންނަވަނީ؟
  17. ތިމާގެ ސިފައަށް އެންމެ ކަމުނުދާ ކަމަކީ ކޮބައިތޯއެވެ؟
  18. އަމިއްލަ ނަފްސާއި ބެހޭ އެއް ކަމެއް ބަދަލުކުރެވޭނަމަ އެއީ ކޮން ކަމެއް ހެއްޔެވެ؟
  19. އެންމެ ބޮޑަށް ބޭނުންވަނީ ކޮން ހުނަރެއް ހެއްޔެވެ؟
  20. ތިބާއާ ބެހޭގޮތުން މީހުންނަށް ގިނައިން އޮޅިގެން އުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟
  21. ފިރިހެނެއްގެ ކިބައިން އެންމެ ކަމުދާ ސިފައަކީ ކޮބައިތޯއެވެ؟
  22. އަންހެނެއްގެ ކިބައިން އެންމެ ކަމުދާ ސިފައަކީ ކޮބައިތޯއެވެ؟
  23. ރައްޓެހިންގެ ކިބައިން އެންމެ އަގު ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟
  24. ތިބާއަށް އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް ތިބާ ދެކެނީ ކޮން ކަމެއް ހެއްޔެވެ؟
  25. ދުނިޔޭގެ އެންމެންނަށް އެއް ހަދިޔާއެއް ދެވޭނަމަ އެއީ ކޮން ހަދިޔާއެއް ހެއްޔެވެ؟
  26. ތިބާގެ އެންމެ ބޮޑު ވަގުތު ބޭކާރު ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟
  27. ތިބާއަށް ވޭންދެނިވި ނަމަވެސް ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިތޯއެވެ؟
  28. އެންމެ ބޮޑަށް ދިރިއުޅެން ބޭނުންވާނީ ކޮންތާކު ހެއްޔެވެ؟
  29. ތިބާގެ އެންމެ އަގުހުރި ޚަޒާނާއަކީ ކޮބައިތޯއެވެ؟
  30. ތިބާގެ އެންމެ ގާތް އެކުވެރިޔާއަކީ ކާކު؟
  31. ތިބާގެ ޙަޔާތުގައި އެންމެ ބޮޑު ލޯތްބަކީ ކާކު ނުވަތަ ކޮން ލޯތްބެއް ހެއްޔެވެ؟
  32. ތިބާ އެންމެ ގަޔާވަނީ ކޮން ދިރިހުރި މީހަކަށެވެ؟
  33. ތިބާގެ ފިކްޝަނަލް ބަޠަލަކީ ކާކު ހެއްޔެވެ؟
  34. ތިބާ އެންމެ ބޮޑަށް ފާހަގަކުރެވެނީ ކޮން ތާރީޚީ ޝަޚުޞިއްޔަތަކާ ހެއްޔެވެ؟
  35. އެންމެ ބޮޑު ހިތާމައަކީ ކޮބައިތޯއެވެ؟
  36. މަރުވާން ބޭނުންވަނީ ކިހިނެއް ހެއްޔެވެ؟
  37. ތިބާގެ މޮޓޯއަކީ ކޮބައި ހެއްޔެވެ؟
  38. މިހާތަނަށް ލިބުނު އެންމެ ރަނގަޅު ތައުރީފަކީ ކޮބައިތޯއެވެ؟
  39. ތިބާއަށް ދިމާވި އެންމެ ނަސީބުވެރި ކަމަކީ ކޮބައިތޯއެވެ؟
  40. އުންމީދު ކުރެވެނީ ކޮން ކަމަކުން ހެއްޔެވެ؟